އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ނުހައްގުން ގޯތި ދިން މައްސަލާގައި ސަސްޕެންޑުކުރި އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ދެ މީހުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.
އެ ދެ ބޭފުޅުންނަކީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް ގިނަ ބަޔަކު ސަސްޕެންޑުކުރި އެވެ.
ޖުމްލަ 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ވަޒީފާއިން ވަކިކުރިނަމަވެސް ފަހުން ވަނީ އަލުން ވަޒީފާދީފަ އެވެ. އަލުން ވަޒީފާ ދިނުމަށްފަހު އަނެއްކާވެސް ސަސްޕެންޝަށް ދެމެހެއްޓިއެވެ.
ކޭޕްވާޑްގެ ރައީސް: އާޖެންޓީނާ ބަލިކުރެވިދާނެ
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
އެމިރޭޓްސްއިން ރާއްޖެއާއި ކޮލަމްބޯ ދަތުރުތައް އަލުން ފަށައިފި

އެދެމީހުންގެ އިތުރުން ފަޒުލު ނުހައްގުން ވަޒީފާދީފަ ތިބި އެތަކެއް ބަޔަކު ތިބޭނެ. އެމީހުންވެސް ވަޒީފާގަ ބައިތިއްބައިގެން ދުވަހަކުވެސް އެޗްޑީސީ ހަމަޔަކަށްނޭޅޭނެ. މައުރޫފު ޖަމީލުނޫން އެހެން ބޭފުޅަކު އެމްޑީއަކައް ހުންނެވިއަސް އެމީހުން އެބަޖެހޭ ވަކިކުރަން