މިއަހަރުގެ ގްރެމީ އެވޯޑްސްގައި ކާންޔޭ ވެސްޓްގެ އަންހެނުން ބިއަންކާ ސެންސޮރީގެ ފަރާތުން ފެނުނު ބޭއަދަބީ އަމަލާއެކު ވެސް އޭނާއަށް ގިނަ ބައެއްގެ ހަމްދަރްދީ ލިބެމުން އެބަދެ އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮތް އެ ހަފްލާއަށް ކާންޔޭއާއެކު ބިއަންކާ ގޮސްފައިވަނީ އާއްމު އަޚްލާގީ މިންގަނޑުތަކަށް ނުފެތޭ ނިވާކަން ކުޑަ ހެދުމެއް ލައިގެންނެވެ.
އެ ހެދުމާއެކު ރެޑް ކާޕެޓަށް އެރުމުން ގްރެމީ އިންތިޒާމުކުރާ ފަރާތުން ވަނީ އަހްލާގީ މިންގަނޑުތަކަށް ނުފެތޭތީ ބިއަންކާއާއި ކާންޔޭ އެތަނުން ބޭރުކޮށްފަ އެވެ.
ބިއަންކާގެ މި ހެދުމުގެ ވާހަކަ އިސާހިތަކު ސޯޝަލް މީޑިއާގައި ފެތުރުނުއިރު ގިނަ ބަޔަކު އަންނަނީ ބިއަންކާއަށް ފާޑުކިޔުމުގެ ބަދަލުގައި އޭނާއަށް ހަމްދަރްދީ ވަމުންނެވެ.
އެގޮތުން އާއްމުވެފައިވާ ފޮޓޯތަކުގައި ބިއަންކާގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުވެރިކަން ފާޅުވާ ކަމަށާއި އެއީ ކާންޔޭ ބިއަންކާ ލައްވާ ގަދަކަމުން ކުރުވި ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓް އަދިވެސް ނުފެނޭ!
ސައިފް އާއި ނާޒިމާ އަލުން އެމްޑީޕީއަށް
އިސްތަށިގަނޑު މާ އަވަހަށް ނުރަ ވަނީ މިހެންވެ ކަމަށް ވެދާނެ!