ފެރީ އާއި އަސް ގާޑިޔަލުގައި މީހުން އުފުލުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ މީގެ ދެ އަހަރު ކުރިން މިއަދަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ އޭ380 ގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ދުވަސް ކަމަށެވެ. އަދި ބޭރުން އަސް ގާޑިޔަލާއި ފެރީގައި މީހުން އުފުލުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށާއި ވެރިން ވިސްނަން ޖެހޭނީ އަބަދުވެސް ކުރިއަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީގެ ދަތުރުތައް މިމަހު ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ދަތުރުތައް ކުރާނީ ހދ. ކުޅުދުއްފުށީ ޕޯޓާއި މާލޭ ޕޯޓަށެވެ.

އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
ރިފަރެމްޑަމް ވޯޓުގައި ސަރުކާރަށް ޕީއެސްއެމްއިން ކެމްޕޭން ކޮށްދެނީ
އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯ ކަމަށް ޒިޔަތު