ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ވަރީގެ އަޑުތައް ދައުރުވަމުން އަންނަ ދަނޑިވަޅެއްގައި މުމްބާއީގައި އޮތް ޕާޓީއަކުން އެ ދެމީހުން އެކުގައި ފެނިއްޖެ އެވެ.
މީގެ ދެ ދުވަހެއް ކުރިން އޮތް އެ ޕާޓީއަށް އަބީޝޭކްއާއި އައިޝްވާރްޔާ އެކުގައި ގޮސްފައިވާއިރު އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.
އެ ފޮޓޯތަކުގައި އެ ދެމީހުން ވެސް ކަޅު ކުލައިގެ ހެދުމެއް ލައިގެން ތިބިއިރު ދެމީހުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް އުޅޭކަމަކަށް ނުބެލެވެ އެވެ.
މިއާއެކު އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެނި ރޫޅިފައިވާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުން އަންނަ ހަބަރުތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ.
މި ހަބަރުތައް އެންމެ ފުރަތަމަ ދައުރުވާން ފެށީ ބައްޗަން އާއިލާ އެކުގައި ދިޔަ ހަފްލާއަކަށް އައިޝްވާރްޔާއާއި އޭނާގެ ދަރިފުޅު ވަކިން ދިއުމުންނެވެ.
އަ އަޑުތައް އިތުރަށް ގަދަވީ އެއަށްފަހު އެ ދެމީހުން ވެސް އާއްމު ތަންތަނަށް ވަކިވަކިން ދާން ފެށުމުންނެވެ. އެހެން ނަމަވެސް ދެމީހުންކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
ލޮލުގެ މައްސަލައެއްތަ؟ ނޫނީ ސިކުނޑިން ދޭ އިންޒާރެއްތަ؟
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!