ރައްޔިތުންގެ މަޖިލީހުުގެ އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) އިތުރު ކައިވެންޏެއް ކުރެއްވުމުން ގެއިން ބޭރުކޮށްލައިފި އެވެ.
މެންބަރު އައިބީ ދެ އަންބަށް ކައިވެނި ކުރައްވާފައިވަނީ ފުވައްމުލަކު އާމިނަތު ވަސީމާ ކިޔާ މީހަކާ އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ އައިބީ އާއި އިހުސާންގެ މަންމަގެ ކައިވަންޏަށް 40 އަހަރަށްވުރެ ގިނަ ދުވަސް ވީފަހުން، އައިބީ ދެވަނަ ކައިވެންޏެއް ކުރެއްވުމުން ދޮށީ އަނބި ހިތްހަމަނުޖެހިގެން ވަނީ އައިބީގެ އަންނައުނުތައް ގެއިން ބޭރަށް އުކާލުމަށްފަހު އައިބީވެސް ގެއިން ބޭރުކޮށްލާފަ އެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އިހުސާން ވެސް ވަނީ އައިބީއާ ވާހަކަ ދައްކަވާފަ އެވެ.
ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ އައިބީ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ.
ވަރަށް ފުރިހަމަ އަައިބީ ދިން އަބިވެސް ހައްގު
ރިޕްލައިއައިބީއައްއެހައްގުވެސް ނެތީތާ ކުރާނެކަމެއްނެތް ދައްކަވަންހުރިތަނެއްދައްކާނެމަރުވުމުގެކުރިން
ރިޕްލައިއައިބީ އަކީ ފުރިހަމަ ފިރިހެނެއްކަމުން އޭނާ އަށް ދެވަނަ އަނބިކަނބަލެއް ހޯދަންޖެހޭ އެއީކީ އެއްވެސް މައްސަލައެއްނޫން ވަރަށް ރަނގަޅުކަމެއް ފަހުން ރަނގަޅުވާނެ ކެތްތެރިކަމާއި އެކު ހިއްވަރު ކުރަން ވާނެ
ރިޕްލައިއިސްލާމް ދީން ތަރުހީބު ދޭކަމެއް
ރިޕްލައި