ދޮގު ހެދުމަކީ ވަރަށް ގިނަ މީހުންގެ ހުންނަ ނުރަނގަޅު ސިފައެކެވެ. މި އާދައިން އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާއިރު ދޮގު ހަދާ މީހުންނަށް ސަމާލުވެ ތިބުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެކެވެ. މި ލިޔުމުގައި ކުރުގޮތަކަށް މި ބަލާލަނީ ދޮގު ހަދާނަމަ އެމީހެއްގެ ކިބައިން ފެންނާނެ ބައެއް ކަންކަމަށެވެ.

ހަތަރު ކަޅި ހަމަނުކުރުން

ދޮގެއް ހަދަން ޖެހިއްޖެނަމަ ގިނަ ފަހަރަށް ކުރިމަތީގައި ހުންނަ މީހާއާ ހަތަރު ކަޅި ހަމައެއް ނުކުރާނެ އެވެ. އެގޮތުން ތިރިއަށާއި ފަރާތް ފަރާތަށް މާ ގިނައިން ބެލުމަކީ އެ މީހަކު ދޮގު ހަދާ ކަމުގެ އަލާމާތެކެވެ.

ހަށިގަނޑުގައި އަތްލުން

ދޮގު ހެދުމަކީ ނޭނގި ނަމަވެސް މީހާ ހާސްކޮށްލުވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކަންފަތް، ނޭފަތް އަދި އަތަށް ލޭ ދައުރުވާ މިންވަރު މަދުވެ ހަށިގަނޑު ފިނި ވާނެ އެވެ. އެހެންކަމުން ދޮގު ހަދާ މީހަކު ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި އަތްލުމަކީ (ހާއްސަކޮށް ނޭފަތް، އަތް، ކަންފަތް) ގައި އަތްލުމަކީވުން ގާތް ކަމެކެވެ

މާގިނައިން ވާހަކަ ދެއްކުން

ދޮގުހަދާކަމުގައި ވަނީ ނަމަ އެކަމަކާ ގުޅިގެން ސުވާލުކުރުމުން އޭނާ ގާތު ނާހާ ސުވާލުތަކުގެ ތަފްސީލު ވެސް ދޭނެ އެވެ. އަދި ދައްކާ ވާހަކަ ބަދަލުކޮށް މަތި އޮއްބާލެވޭތޯ ވަރަށް މަސައްކަތް ކުރާނެ އެވެ.