ޑާކްރެއިން އެންޓަޓެއިންމަންޓްއިން ޕްރޮޑިއުސް ކޮށްފައިވާ ކާމިޔާބު ދިވެހި ފިލްމު "ބިބީ" ސްޕެއިންގެ ސިޓީއެއް ކަމަށްވާ ލޮގްރޯނޯގައި އަޅުވަން ހަމަޖެހިއްޖެ އެވެ.

އެ ސްޓޫޑިއޯގެ ޕްރޮޑިއުސަރު މޮގާ ހުރިހާއަށް މައުލޫމާތު ދިން ގޮތުގައި ލޮގްރޯނޯގައި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މިރޭ އެ ސިޓީގެ ގަޑިން 21:00ގައި އިނގިރޭސި ސަބްޓައިޓަލްސްއާއެކުގަ އެވެ.

Adv by Dhiraagu
Dhiraagu
Adv by Dhiraagu
Dhiraagu

އެގޮތުން އެ ސިޓީގައި ދިރިއުޅޭ ދިވެހިންގެ އިތުރުން އެ ގައުމުގެ ރައްޔިތުން ވެސް އެ ޝޯއަށް އަންނާނެ ކަމަށް ލަކާ ކުރެވޭ ކަމަށް މޮގާ ބުންޏެވެ.

މޮގާ އިތުރަށް ބުނީ މި މަހުގެ ފަހުކޮޅު ސްޕެއިންގެ މައި ސިޓީއެއް ކަމަށްވާ ބާސެލޯނާގައި ވެސް ބިބީ އަޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބިބީ"އަށް ދިވެހި ރާއްޖޭގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު އެ ފިލްމު ވެގެން ގޮސްފައި ވަނީ މިފަހުން ދިވެހި ފިލްމީ ދާއިރާގައި ފެނުނު އެންމެ ތަފާތު ފިލްމަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ބައެއް ފިލްމުތައް ވަނީ މީގެ ކުރިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ގޮތަށް ދައްކާފަ އެވެ.

އެގޮތުން އެ ސްޓޫޑިއޯގެ ފިލްމުތައް ކަމަށްވާ "ނޮވެމްބަރ" އަދި "ފުރޭތަ"އަކީ ބޭރު ބަސްބަހުން ޑަބް ކޮށްގެން އިންޓަނޭޝަލް ފްލައިޓް ތަކުގައި މިހާރުވެސް ދައްކަމުން އަންނަ ފިލްމުތަކެވެ.