ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ކެރިއަރުގެ މައްޗަށް އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔޭލް ޔުނިވާސިޓީއިން ކޯހެއް ފަށަން ނިންމައިފި އެވެ.
"ބިޔޯންސޭ މޭކްސް ހިސްޓްރީ"ގެ ނަމުގައި ބިޔޯންސޭގެ މިއުޒިކީ ހަޔާތް ދަރިވަރުންނަށް ކިޔަވައިދޭ ކޯހެއް އަންނަ އަހަރު ފަށާނެކަން އެ ޔުނިވާސިޓީއިން ވަނީ ޔަގީން ކޮށްދީފަ އެވެ.
އެ ކޯހުގައި މިއުޒިކީ ދާއިރާއަށް ބިޔޯންސޭ ވަތް ގޮތާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ގޮތް ކިޔަވައިދެވޭނެ އެވެ. މީގެ އިތުރުން އޭނާގެ އިޖުތިމާއީ ދިރިއުޅުމާއި ޒާތީ ދިރިއުޅުމުގެ އުސްއަލިތައް ވެސް ކޯހުގެ ތެރެއިން ކިޔަވައިދޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މިއާއެކު އެ ތަރިއަކާ ބެހޭގޮތުން ޔުނިވާސިޓީއެއްގެ މުޅި ކޯހެއް ކިޔަވައިދެވޭ އިތުރު ފަންނާނެއްގެ ގޮތުގައި ބިޔޯންސޭ ތާރީހުން ޖާގަ ހޯދާނެ އެވެ.
މީގެ ކުރިން ދުނިޔޭގެ އެކި ޔުނިވާސިޓީތަކުން ވަނީ ޓޭލާ ސްވިފްޓް، ލޭޑީ ގާގާ އަދި ހެރިސަން ފޯޑް ފަދަ ތަރިންގެ މައްޗަށް އެ ޔުނިވާސިޓީގެ ކޯސްތައް ބިނާކޮށްފަ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާތީ ކަންބޮޑުވެއްޖެ
ތިނަދޫގަ ތެލުގެއަގު އިންތިހާއަށް ބޮޑުވެ އާންމުންނަށް ތަކުލީފަކަށް