ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން ހ. އެއްގަމުގެއާގެ އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އުމުރުފުޅުން 68 އަހަރުގައި ނިޔާވި ހަދީޖާގެ ކަށުނަމާދު އޮތީ މަޣްރިބް ނަމާދަށްފަހު އާސަހަރާގަ އެވެ. ހަދީޖާ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި, ރާއްޖޭގެ ތައުލީމީ ދާއިރާ އާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާ އާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައި ވެސް އެކަމަނާ ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ކަން ފާހަގަކުރެއްވި އެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހައްޓަވާށިއެވެ. އާމީން."
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފި
އޭލިއަނުން މިހާރު ވެސް ދުނިޔޭގައި އެބަ އުޅޭ: ސްޓީވަން
