ރޯހިތު ޝެޓީގެ ފިލްމު "ސިންގަމް އަގެއިން"ގައި ދީޕިކާގެ ހާއްސަ ފެނިލުމެއް ފެންނާނެ ކަމަށް ހަބަރުތައް ފެތުރުމުން ގިނަ ބަޔަކު އައީ އެ ފިލްމަށް އިންހތިޒާރު ކުރަމުންނެވެ.
މިހާރު އެ ފިލްމު ރިލީޒް ކުރެވި ސިނަމާތަކުގައި ދައްކަމުން އަންނައިރު ދީޕިކާގެ ފެނިލުން ވެގެންދިޔައީ އާއްމުން ހީކުރި ގޮތާ ޚިލާފު ފެނިލުމަކަށެވެ.
ގާތްގަނޑަކަށް ފަސް މިނެޓަށް ދެމިގެންދިޔަ ދީޕިކާގެ ފެނިލުމުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ އެކްޓިން އާއްމުންނަށް ކަމުގޮސްފައެއް ނުވެ އެވެ.
އެގޮތުން އޭނާގެ އެކްޓިންއަކީ ވަރަށް ފެންވަރު ދަށް އެކްޓިންއެއް ކަމަށާއި އޭނާގެ ފެނިލުމާމެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެއާއެކު ދީޕިކާ ނަކަލުކޮށް ޓިކްޓޮކްގައި ވީޑިއޯ އާއްމު ކުރަމުން އަންނަ އިންފުލުއެންސަރުގެ އެކްޓިން ވެސް އޭނާގެ އެކްޓިންއަށްވުރެ ރަނގަޅު ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ސިންގަމް އެގެއިންގެ ލީޑު ރޯލުން ފެނިގެންދަނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންހް އެވެ. ރަންވީރުގެ ހުށައެޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ދަރިފުޅު ލިބުމަށްފަހު ސޯޝަލް މީޑިއާ ދޫކޮށްލަން ބޭނުންވި: އާލިއާ
ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!
ސިންގަމް އެގެއިން ރިލީޒް ކުރަނީ 1 ނުވެންބާގަ... ފިލްމުގެ ލީޑު އެކްޓަރ އަކީ އަޖޭ ދޭވްގަން...