ބަޑިއެއް ސާފު ކުރަން އުޅުމުގެ ތެރޭގައި އަމިއްލަ ފަޔަށް ވަޒަނެއް އަރައި ބޮލީވުޑްގެ ތަރި ގޯވިންދާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.
އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި ގޯވިންދާއަށް އަނިޔާވުމާއެކު ހޮސްޕިޓަލަށް ގެންދެވި ކްރިޓިކަލް ކެއާގައި ވަނީ އަވަސް ފަރުވާ ދީފަ އެވެ.
ގޯވިންދާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އަނިޔާ ލިބިފައިވަނީ އޭނާގެ ފައިގެ ކަކުލު ހުޅަށް ކަމަށް ގޯވިންދާގެ ޓީމުން ބުނެފައިވެ އެވެ.
ގޯވިންދާއަކީ އިންޑިއާގެ ހަތިޔާރާ ބެހޭ އިދާރާއިން ބަޑި ގެންގުޅުމުގެ ލައިސަންސް ދީފައިވާ ފަރާތަކަށްވާއިރު މިހާދިސާ ހިނގީ އެ ބަޑި ސާފުކޮށް ޗެކް ކުރުމުގެ ތެރޭގައި ކަމަށް ބުނެވެ އެވެ.
މި ހާދިސާ ހިނގުމާއެކު ގޯވިންދާގެ ގެއަށް ފުލުހުން އައިސް ފުލުހުންގެ ބެލުމުގެ ދަށަށް ބަޑި ގެންގޮސް އިތުރު ތަހުގީގުތައް ވަނީ ފަށާފަ އެވެ.
ގޯވިންދާއަށް އަނިޔާވި ހަބަރު މީޑިއާގައި ފެތުރުމާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.
ޢެއަށްކިޔާ އުޅެނީ ތިމާކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އާޚިރަތުގަ ހަމަ ތިމާ އޭ.