މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީ ބޭނުންކުރި ގަހަނާ ކަލެކްޝަންއެއް ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފި އެވެ.
އަންނަ ހަފްތާ ބަންދުގައި ބާއްވާ އެ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ އެލްވިސްގެ ތަކެތީގެ ތެރޭގައި އޭނާގެ ރަން ގަހަނާތަކުގެ އިތުރުން ބޭސް އަޅަން އޭނާ ބޭނުންކުރި ފުޅިއަކާއި މައިކެއް ވެސް ހިމެނެ އެވެ.
މިތަކެތީގެ އަގު މިހާރުވެސް އެތައް ހާސް ޑޮލަރަކަށް އަރާއިރު ނީލަމުގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ނީލަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.
އެލްވިސް ޕްރެސްލީގެ އިތުރުން ބީޗް ބޯއީ ބްރަޔަން ވިލްސަންގެ އަތުން ލިޔެފައިވާ ސިޓީއެއް ވެސް ނީލަމުގައި 10،000 ޑޮލަރަށް ވިކޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ.
އެލްވިސް ޕްރެސްލީއަކީ 1950ގެ އަހަރުތަކުގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާ މަރުވީ 1977 ވަނަ އަހަރު މެމްފިސްގަ އެވެ.
މިއަދާ ހަމައަށްވެސް އެލްވިސްގެ ލަވަތަކާއި އޭނާއާ ގުޅުންހުރި އެންމެހާ ތަކެއްޗަކީ އަގުހުރި ތަކެތީގެ ގޮތުގައި ބެލެވިފައިވާ ތަކެއްޗެވެ.
ރޮބާޓީ ކާލޯސް އިސްލާމިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
އެމްޓީސީސީގެ މުވައްޒަފުންނަށް ހުޅުމާލޭގައި ފްލެޓް އަޅަނީ