ހަތްދިހަ އަދި 80 ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި އަމީތާބު ބައްޗަންގެ އުމުރުން މިހާރު 81 އަހަރު ވެއްޖެ އެވެ. އެހެން ނަމަވެސް އެ އުމުރާއެކު ވެސް އޭނާގެ މަސައްކަތަށް އެއްވެސް ކަހަލަ ބަދަލެއް ނާދެ އެވެ.
ބޮލީވުޑް ފިލްމުތަކުގެ އިތުރުން ވެސް އިޖުތިމާއީ ކަންކަމުގައި އަމީތާބަކީ މިހާރު ވެސް އިސް ސަފުގައި މަސައްކަތްކުރާ ޝަހްސިއްޔަތެއް ކަމުގައި ބުނެވޭނެ އެވެ. އެހެން ނަމަވެސް އޭނާގެ ދުވަސްވީ އުމުރާއެކު މަސައްކަތްތައް މަޑުޖައްސާލައި އަރާމުކުރަން ޖެހޭ ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. އެފަދަ މީހުންނަށް އަމީތާބު މިވަނީ ހޫނު ރައްދެއް ދީފަ އެވެ.
އަމީތާބުގެ ބްލޮގްގައި އިއްޔެ އާއްމުކުރި ލިޔުމެއްގައި އޭނާ ބުނެފައިވަނީ މި އުމުރުގައި ވެސް މަސައްކަތް ކުރަނީ ކީއްވެތޯ ކުރާ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
އެއާއެކު އަމީތާބު ވަނީ އެ އުމުރުގައި އޭނާ މަސައްކަތް ކުރާތީ އެއްވެސް ކަހަލަ އުނދަގުލެއް ވޭތޯ އެ ސުވާލުކުރާ މީހުންގެ ކިބައިން އަހާފަ އެވެ.
އަމީތާބު އިތުރަށް ބުނީ އޭނާއަށް ލިބޭ ފުރުސަތުތަކަކީ އޭނާއަށް ލިބޭ ނިއުމަތެއް ކަމަށާއި އެފަދަ ކަމަކަށް ފުރަގަސް ނުދޭނެ ކަމަށެވެ.
އަމީތާބު މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު އަންނަނީ ސޮނީ ޓީވީގެ "ކޯން ބަނޭގާ ކްރޯޑްޕަތީ" ހުށައަޅައިދެމުންނެވެ.
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު
ދަރިފުޅު ލިބުމަށްފަހު ސޯޝަލް މީޑިއާ ދޫކޮށްލަން ބޭނުންވި: އާލިއާ
ކުޑަކުދިން ހައިޟުވާ އުމުރު އަވަސްވަނީ މިހެންވެ!