އިނގިރޭސިވިލާތުގެ ސައުތުޕޯޓްގައި ދިން ވަޅީގެ ހަމަލާތަކެއްގައި ތިން ކުޑަކުދިން މަރާލި ހަބަރާއެކު ޓޭލާ ސްވިފްޓް ހުރީ ޝޮކެއްގައި ކަމަށް އޭނާ ބުނެފި އެވެ.
ޓޭލާ މިހެން ބުނެފައިވަނީ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓަކުންނެވެ.
މަރާލެވުނު ކުދިންނަކީ ސައުތްޕޯޓްގައި ހުންނަ ޑާންސް ސްކޫލެއްގައި ބޭއްވި "ޓޭލާ ސްވިފްޓް ޔޯގާ އެންޑް ޑާންސް" ވޯކްޝޮޕްގައި ބައިވެރިވި ކުދިންނެވެ. ހަބަރު ލިބޭ ގޮތުގައި މި ހަމަލާތައް ހިނގާފައިވަނީ ޑާންސް ސްކޫލް ތެރޭގަ އެވެ.
މަރާލެވުނު ދެ ކުދިންނަކީ އުމުރުން 6 އަދި 7 އަހަރުގެ ކުދިންނެވެ. ތިން ވަނަ ކުއްޖާ އަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. މި ހަމަލާތަކުގައި އިތުރު ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް ވަނީ ޒަހަމްވެފަ އެވެ.
މި ހަމަލާއާ ގުޅިގެން 17 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މިީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
ރޯދަ ހިފުމާ ބެހޭގޮތުން ނޯރާ ބުނީ ކީކޭ؟