ލޮލަކީ އަހަރުމެންގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އެއް ގުނަވަނަށް ވާއިރު، އެ ގުނަވަނަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހެ އެވެ. ހާއްސަކޮށް ލޮލަށް ގެއްލުމެއް ލިބިދާނެތީ ނުކޮށް ދޫކޮށްލަން ޖެހޭ ބައެއް ކަންކަން ވެސް ހުރެ އެވެ.
ލޭސް އެކްސްޓެންޝަން ބޭނުން ކުރުން
އެސްފިޔަތައް ދިގުކުރުމުގެ ބޭނުމުގައި ލޭސް އެކްސްޓެންޝަން ބޭނުން ކުރުމަކީ މިހާރުގެ ފެޝަން ޓްރެންޑަކަށް ވީ ނަމަވެސް އެއީ ލޮލުގެ އިންފެކްޝަންތަކަށް މަގުފަހިވެ އަސްލު އެސްފިޔަތައް ފައިބަން ވެސް މަގުފަހިވާ ކަމެކެވެ.
ލޮލުގެ މޭކަޕް ނުފޮހުން
ބުރަ ދުވަހަކަށްފަހު ގެއަށް އައިސް ކުރި މޭކަޕް ނުފޮހެ ނިދަން އޮށޯތުމަކީ ގިނަ ބައެއްގެ އާދައެކެވެ. އެހެން ނަމަވެސް މިއީ ލޮލުގެ ތެތްކަން ހިކި އިންފެކްޝަންތަކަށް މެދުވެރިވާ ކަމެއްވެސްމެ އެވެ.
އާއްމުކޮށް ކޮންޓެކްޓް ލެންސް ބޭނުން ކުރުން
އާއްމު ދިރިއުޅުމުގައި ގިނައިން ކޮންޓެންޓް ލެންސް ބޭނުން ކުރުމަކީ ވެސް ލޮލުގެ ތެތްކަން ހިކި ދިގު މުއްދަތުގައި ލޮލުގެ ބަލިތައް ޖެހެން މެދުވެރިވާ ކަމެކެވެ. ހާއްސަކޮށް ކޮންޓެކްޓް ލެންސާއެކު ތެމޭނަމަ އެވެ.
ގިނައިރު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން
މެދުނުކެނޑި މާ ގިނައިރު ވަންދެން ފޯނާއި ކުޅުން ނުވަތަ ޓީވީ ބެލުން ފަދަ ކަންކަމަކީ ލޮލުގެ ފެނުމަށް ދިގު މުއްދަތުގައި ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
ރަސްމާލެ ހިއްކަން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި