އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މޮޅު ކުޅުންތެރިޔާ ވިރާޓް ކޯލީ ކުރިއަށް އޮތް ޓީ20 ވޯލްޑް ކަޕްގައި ބައިވެރިވުމަށް އެމެރިކާއަށް ފުރިއިރު އެކުގައި އަންހެނުން އަނުޝްކާއާއި ދަރިން ވެސް ދިޔަ އެވެ.
އެ ސެލެބްރިޓީ އާއިލާއިން މުމްބާއީ އެއާޕޯޓުން ނިއުޔޯކަށް ފުރިއިރު އާއްމުންގެ ސަމާލުކަމަށް އައީ އެ ދެމަފިރިންގެ ހިތްހެޔޮކަމާއި އޯގާތެރި ކަމެވެ. އެގޮތުން މުމްބާއީގެ އެއާޕޯޓު ތެރެއިން އަނުޝްކާއާއި ވިރާޓް ވަނީ އެއާޕޯޓުގެ ބައެއް މުވައްޒަފުންނާއެކު ފޮޓޯ ނަގައި ވަގުތު ހޭދަކޮށްފަ އެވެ.
އެ ދެމީހުންގެ މި އަމަލާއެކު ބެލުންތެރިންގެ ތައުރީފު އެމީހުންނަށް އޮހެމުން އަންނައިރު ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ ބޮލީވުޑްގެ އެންމެ ހިތްތިރި ޖޯޑުކަމުގަ އެވެ.
އިންޑިއަން ޕްރިމިއާ ލީގު ނިންމާލުމަށްފަހު ވިރާޓް އެމެރިކާއަށް ފުރާފައި މިވަނީ ޓީ20 ވޯލްޑް ކަޕްގައި ބައިވެރިވާ އިންޑިއާ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ