ހުޅުމާލޭގައި ދޮށީ އުމުރުގެ މީހަކު މަގު ހުރަސް ކުރަނިކޮށް، އެ މީހާގެ ގައިގައި ކާރަކުން ޖެހިގެން ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގުން ދިއްދޫ ހޮޓާ ކައިރިން މަގު ހުރަސްކުރި މީހެއް ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގި މައްސަލަ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި މަގު ހުރަސްކުރަނިކޮށް އަނިޔާ ވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެން މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
މާލޭ ސިޓީ ކައުންސިލާ ވާހަކަ ދެއްކޭނީ ލިޔުމުން އެކަނި: މުއްތަލިބު
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޒިބްރާ ކްރޮސްގަ އެކްސިޑެންޓް ވެފަ އޮތްކަމަށް ބުނަނީ. ދެން މިވަރުން ވެސް ބައެއް މީހުނަށް ގޯސްވަނީ ހިނގާ މީހާ
މަގު ހުރަސް ކުރުމުގައި އޮންނަ ޤަވާޢިދަށްތޯ މަގު ހުރަސް ކުރީ، އާއްމުކޮށް ހިތުހުރި ދިމާލަކުން މަގު ހުރަސް ކުރާނީ އެކަމަކު ކުއްވެރިވާނީ ދުއްވާ އުނޅަދުގައި އިންނަ މީހާ