ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ޗައިނާ މެޝިނަރީ އިންިޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު އެކު އެމްއޯޔޫއެއްގައި މިރޭ ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ ލ. ފޮނަދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން މިރޭ ބޭއްވި ޖަލްސާގަ އެވެ.
ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްކަޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ އެވެ.
ކައްދޫ އެއާޕޯޓު އިންޓަނޭޝަަނަލް ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކުރި ހިޔާ ފްލެޓްތައް ވެސް އެޅީ އެ ކުންފުނިންނެވެ.
މި ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރުމުގައި އިސްކަން ދެނީ ޗައިނާގެ ކުންފުނިތަކަކަށެވެ.
ބޭރުގައި ދެން ބޭނުންކުރެވޭނީ ފުރާ މީހުންގެ ކާޑު: ބީއެމްއެލް
ކަނޑުއޮޅީގައި އޮތް ބޯޓުތަށް ސަލާމަތްކުރަން އެމެރިކާ ނުކުންނަނީ
ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި
