މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފަށައިގެން ގޮސް ފަހުދިހައަކަށް އަޅާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި މައްސަރުގެ ސަގާފަތްތައް އެތައް ތަނެއް ތަފާތެވެ.
މިފަހަރު މިބަލާލަނީ މެދުއިރުމަތީގެ ވިޔަފާރި ހަބެއް ކަމަށްވާ ޔޫއޭއީގެ ދުބާއީގައި ކުރެވޭ ރަމަޟާން މަހުގެ މުޅިން ތަފާތު ތަޖުރިބާ އަށެވެ.
ޝައުބާން މަހުގެ ފަހު ދިހައަކަށް އެޅުމުން ދުބާއީގެ އާއްމު ރައްޔިތުންގެ ރޯދަ ތައްޔާރީތައް ފެށިގެން ދިޔައީ އެވެ. އޭގެ ތެރޭގައި ކުލަގަދަ ޖަރީގެ ބޮކިތަކުން މުޅި ގެއާއި މަގުތައް ޒީނަތްތެރި ކުރުމާއި ސާފު ކުރުން ހިމެނެ އެވެ.
ރޯދަ މަސް ފެށުމާއެކު އެ ފެށުނީ އީދެކެވެ. ދީނިއްޔަތާއި ރޫހާނިއްޔަތެވެ. ކެއުމާއި ބުއިމެވެ. އެއްބައިވަންތަކަމާއި އެއްބައެއް ވަންތަ ކަމެވެ. މި ހުރިހާ ކަމެއް ރަމަޟާން މަހުގައި ދުބާއީއިން ފެންނާނެ އެވެ.
ދުބާއީއަކީ 100 ޕަސެންޓް މުސްލިމް އާބާދީއެއް އޮންނަ ސަރަހައްދަކަށް ނުވާތީ އެ މައްސަރުގައި އެހެން ދީންތަކުގެ މީހުންގެ ފަރާތުން ވެސް ތަފާތު ކަމެއް ފެނެ އެވެ. އަވަށްޓެރިންނަށް އެހީވުމާއި ރޯދަ މަހުގެ އުފަލުގައި ބައިވެރި ވުމެވެ.
ކޮންމެއަކަސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޔޫއޭއީގެ ދުބާއީގައި ވެސް ރަމަޟާން މަހަކީ އެ މަހަށް ހާއްސިއްޔަތު ކަމެއް ލިބިފައިވާ މުޅިން ތަފާތު މަހެކެވެ.
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
ހުޅުމާލޭގެ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި