ބުރަ ދުވަހެއް ނިންމާލުމަށްފަހު ގެއަށް ދާއިރު ބޭނުންވަނީ ހަމަހިމޭން މާހައުލެކެވެ. ދުވަހުގެ ސްޓްރެސް ފިލުވާލަދޭނެ ޖައްވެކެވެ. އެހެން ނަމަވެސް ގެއަށް ވަނުމާއެކު އިތުރަށް ސްޓްރެސްވެ ހާސްވާ މީހުން އުޅެ އެވެ. އެފަދަ މީހުން ކޮށްލަންވީ ކަމަކީ ގޭތެރޭގެ ބައެއް ކަންކަން ބަދަލު ކޮށްލުމެވެ.
ގަސް އިންދުން
ގޭތެރޭގައި ގަސް އިންދުމުގެ ސިއްހީ ފައިދާތައް އެންމެންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް މިއީ ނަފްސާނީ ސިއްހަތަށް ވެސް ފައިދާހުރި ކަމެއް ކަން މަދު ބަޔަކަށް ނޫނީ ނޭނގެ އެވެ. ގަސްތަކުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ލިއްބައިދީ ހާސްކަން ނައްތާލަ އެވެ.
ފަރްނީޗަރު މަދުކޮށްލުން
ގޭތެރޭގައި ފެންނަން ހުރި ފަރްނީޗަރު މަދުކޮށްލުމަކީ ގޭތެރޭގެ ޖާގަ ބޮޑުވެ ތަނަވަސް ކަމަށް ދައްކާނެ ކަމެކެވެ. ނަތީޖާއަކަށް ވަނީ މާ ގިނަ އެއްޗެހި އެއްފަހަރާ ފެނުމުން ލިބޭ ހާސްކަން ކުޑަކޮށްދިނުމެވެ.
އަލިގަދަ ކުލަތައް ބޭނުން ކުރުން
ފާރުތަކުގައި ލާ ކުލައާއި ފަރްނީޗަރު ގަތުމުގައި އަލިގަދަ ކުލަތައް ޚިޔާލު ކުރާށެވެ. ވިސްނުން ތަނަވަސްވެ އިދިކީލި ވިސްނުން ތަކުން ދުރުކޮށްދޭނެ އެވެ.
އިރުގެ އަލި ލިބޭނެހެން ހުރުން
ކޮޓަރީގައި ކުޑަދޮރެއް ހުރިނަމަ ފަރްނީޗަރުތަކުން އެ ބައްދާލުމުގެ ބަދަލުގައި އަވި ލިބޭނެހެން ބަހައްޓާށެވެ. އަވީގެ ސަބަބުން ސިކުނޑީގެ މަސައްކަތް ރަނގަޅު ކޮށްދީ ސްޓްރެސް ކުޑަކޮށްދޭނެ އެވެ.
އުއްބަތި ބޭނުން ކުރުން
މީރު ވަސް ދުވާ އެކި ޒާތުގެ އުއްބަތި ގޭގައި އުޅޭ ގަޑީގައި ބޭނުން ކުރުމަކީ ހިތަށާއި ސިކުނޑިއަށް ފައިދާ ކުރާނެ ކަމެކެވެ. އޭގެ ވަހުން ހިތަށް ހަމަޖެހުން ލިބޭއިރު އެއިން އުފައްދާ މާހައުލުން ސިކުނޑިއަށް ފައިދާކުރެ އެވެ.