ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީއަކީ އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު ޗުއްޓީއަށް އެކި ތަންތަނަށް ދާ ފަންނާނެކެވެ. އޭގެ ތެރޭގައި އެކަނި ދާ ފަހަރުތަކާއި އާއިލާއާއެކު ދާ ފަހަރުތައް ވެސް ހިމެނެ އެވެ.
އެގޮތުން މި ދުވަސްވަރު ވެސް އޭނާ އުޅެނީ އާއިލާއާއެކު ޗުއްޓީއެއްގަ އެވެ. އެހެން ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އޭނާ ޚިޔާރުކުރީ ބޭރު ގައުމެއް ނޫނެވެ.
އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި މިވަގުތު ޝިލްޕާ އޭނާގެ އާއިލާއާއެކު ގޮސް އުޅެނީ އިންޑިއާގެ ރާޖަސްތާންގެ ފަގީރު އަވަށްތަކަކަށެވެ.
އެ ޗުއްޓީގައި ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ދައުރުވަމުން ދާއިރު ޝިލްޕާގެ އިތުރުން އޭނާގެ ފިރިމީހާ ރާޖް ކުންދްރާއާއި ދެ ދަރިން ވެސް ފެނެ އެވެ.
ޝިލްޕާއަކީ އާއްމުކޮށް އޭނާގެ ޗުއްޓީ ތަކުގައި ރާއްޖެއަށް ވެސް އަންނަ ފަންނާނެކެވެ. އެގޮތުން މީގެ ދެތިން މަސް ކުރިން ވެސް ޝިލްޕާގެ ދެމަފިރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތް ހަލުވިވާނެ
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި