އިއްޔެ މާލެ އިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް މިއަދު މާލޭގެ ކޭސްތައް ދަށަށް ހިނގައްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ބުނިގޮތުގައި މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 99 މީހުންނެވެ. އޭގެތެރެއިން 88 މީހުންނަކީ މާލެ އިން ޕޮޒިޓިވްވި މީހުންނެވެ. ދެން ހިމެނެނީ ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހެކެވެ. އިއްޔެ މާލެއިން އެކަނި 159 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވެ ބޮޑު ބިރުވެރިކަމަކަށް ވެއްޓިފައިވާއިރު، މިއަދު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑުން ރާއްޖެ ރައްކާތެރިކުރުމަށްޓަކައި ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާރު ވެކްސިން ދެމުން ދަނީ ސިއްހީ ޚިދުމަތްތެރީންނަށެވެ.
މިރެއާ ހަމައަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 666 އެވެ. މިއަދު ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 554 އެވެ. މާލެ ސަރަހައްދުގައި ހަ ވެކްސިން ސެންޓަރު ގާއިމްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ތަފްސީލް އަންނަނީ....