ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެންދެން ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
ފާތޭ އަކީ ކުރީގެ ރައީސް ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.
މަޖިލީހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މިރޭ ވިދާޅުވީ، އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމުމާ އެކު، މިދިޔަ މަހުގެ 17 ވަނަ ދުވަހު ފާތޭ ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފަ އެވެ.
އޭނާ ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ފެބްރުއަރީ 1986 ގަ އެވެ.
ސަރުކާރުން ދޭންޖެހޭ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަދަނީ
ހުޅުމާލެ 3ވަނަ ފިޔަވަހިން ދިން ގޯތިތަކުގެ ގުރުލުން ހޮނިހިރުގައި
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟
