ޑޮން ފްރެންޗައިޒްގެ ތިންވަނަ ފިލްމެއް އިއުލާން ކުރެވުމާއެކު ގިނަ ބަޔަކު އުއްމީދުކުރީ ޑޮންގެ ގޮތުގައި ޝާހްރުކް ޚާން ފެނިގެންދާނެ ކަމަށެވެ. އެ ފްރެންޗައިޒުގެ ކުރީގެ ދެ ފިލްމުން ވެސް އޭނާ ފެނިފައިވުމާ އެކުގަ އެވެ.
އެހެން ނަމަވެސް "ޑޮން 3"ގެ ލީޑު ރޯލަށް ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ސިންހް ޚިޔާރު ކުރެވުމާއެކު ޝާހްރުކްއާއި ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރުއާ ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ދާދި ފަހުން އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަރްހާން ވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކާފަ އެވެ. އެ އިންޓަވިއުގައި ފިލްމަށް ޝާހްރުކްގެ ބަދަލުގައި ރަންވީރު ޚިޔާރުކުރީ ކީއްވެކަން އޭނާ ބުނެދިނެވެ.
ފަރްހާން ބުނީ ޑޮންގެ ކޮންމެ ފިލްމަކީ ވެސް ވަރުގަދަ ވާހަކައަކަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށާއި ޑޮން 3ގެ ވާހަކައާ ބެހޭގޮތުން އޭނާއާ ޝާހްރުކްއަށް އެއްގަލަކަށް އެރިފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް ޝާހްރުކް ފިލްމުން ބޭރުވިއިރު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި ހަބަރުތަކާ ޚިލާފަށް ޝާހްރުކް ފިލްމުން ދުރުވީ ދެފަރާތުގެ އެއްބަސްވުމާ އެކު ކަމަށް ވެސް ފަރްހާން ބުންޏެވެ.
ޑޮން ފްރެންޗައިޒްގައި އެންމެ ފުރަތަމަ ފެނިގެންދިޔައީ އަމީތާބް ބައްޗަން އެވެ. އޭގެ ފަހުން އެ ރޯލަށް ޝާހްރުކް ޚިޔާރު ކުރެވުނުއިރު މިހާރު މިވަނީ ޝާހްރުކްގެ ބަދަލުގައި ވެސް އެހެން ތަރިއަކު ހަމަޖެހިފަ އެވެ.
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް
ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނީ އަސާސެއް ނެތް އަމުރެއް: ޖަމީލް