މާލޭގައި މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި މިރޭ ފުލުހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަނަވަރީ މަގުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަށް، މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މި މައްސަލައިގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން އެ މީހާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
