ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންއަކީ ލޯބީގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލުތަކަށް މަޝްހޫރު ތަރި އެކެވެ. ޝާހު މަޝްހޫރުވެސް ވެފައިވަނީ ބޮލީވުޑްގެ "ރޮމޭންސް ހީރޯ"ގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ލޯބީގެ ފިލްމުތަކަކީ ޝާހްރުކް އެހާ ކުޅޭ ހިތުން ކުޅުނު ފިލްމުތަކެއް ނޫން ކަމަށް ޝާހުގެ ގިނަ ލޯބީގެ ފިލްމުތަކުގެ ޑައިރެކްޓަރު އަދި ގާތް އެކުވެރިޔާ ކަރަން ޖޯހަރު މިވަނީ ބުނެފަ އެވެ.
ކަރަން ބުނީ ޝާހްރުކް ޚާން އަބަދުވެސް ބޭނުންވީ އެކްޝަން ފިލްމުތަކުގެ "އެކްޝަން ހީރޯ"އަކަށް ވާން ކަމަށާއި އެހެން ނަމަވެސް ކަން ވީ އެއާ އިދިކޮޅަށް ކަމަށެވެ.
ކަރަން މިހެން ބުނެފައިވަނީ ޝާހްރުކް ޚާންގެ އެކްޝަން ފިލްމުތަކެއް ރިލީޒް ކުރެވި ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ދަނޑިވަޅެއްގަ އެވެ.
ޝާހްރުކް ޚާން އެންމެ ފަހުން ފެނުނު "ޕަތާން"އާއި "ޖަވާން"އަކީ ވެސް އެކްޝަން ފިލްމުތަކެވެ. އަދި ކުރިއަށް އޮތް "ޑަންކީ"އަކީ ވެސް ހަމަ އެފަދަ ފިލްމެކެވެ.
ކައުންސިލާއި ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވީ 2،993 މީހުން
ސަލްމާންގެ "ތޭރޭ ނާމް" އަލުން ސިނަމާތަކަށް!
ރާއްޖޭގެ ސަރަހައްދުން ލަންކާގެ ދެ މަސް ބޯޓެއް އަތުލައިގެންފި