އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގެ ތެރެއަށް ވެދެވަޑައިނުގަންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑީއާ ސިފައިން ރާއްޖޭގައި ތިބެން ދިވެހީން ބޭނުން ނުވާ ކަމަށެވެ. އެކަން ނިމިދިޔަ ރިޔާސީ އިންތިހާބުން ވެސް ފެނިގެން ދިޔަ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ޖެހެނީ ދިވެހިން އެގޮތް ބޭނުން ވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ރައްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލުކުރައްވާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށް ވިދާލުވި ކަމަށެވެ. އަދި އެކަމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާ އާއި ޗައިނަގެ މަސްރަހު މިހާ ގޯސް ދަނޑިވަޅެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖެ އަށް ބޮޑު ރިސްކެއް ކަމަށެވެ.
ޗުއްޓީގައި ހެދުން އަޅާއިރު ސަމާލުވާންވީ ދެތިން ކަމެއް!
ދަތުރުފަތުރު ކުރުމުގައި ހަރަދު ކުޑަ ކުރާނެ ދެތިން ގޮތެއް!
60 ކްރޯޑް ރުޕީސް ދައްކަން ޝިލްޕާގެ ދެމަފިރިންނަށް އަންގައިފި
