މާލޭގައި ހުންނަ ފިހާރައަކަށް ވަދެ، ބިދޭސީއެއްގެ ކަރުގައި ވަޅި އެޅި މައްސަލައިގައި އަންހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މީހަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 11:00 ޖަހާކަންހާއިރު ކަމަށެވެ.
މި މައްސަލައިގައި އުމުރުން 29 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މަޖީދީ މަގުގައި ހުންނަ "ޑްރީމް މޮބައިލް ޕްލަސް" ފިހާރައިގަ އެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ފިހާރަ އަށް ވަދެ، އަތުގައި އޮތް ފޯން ދައްކާލަ އެވެ. ކައުންޓަރުގައި އިން ސޭޓު ފޯނުތައް ލާފައިވާ ވަތްގަނޑުން ފޯނެއް ނަގަ އެވެ. ދެން ފެންނަނީ އެ އަންހެން މީހާ އެ ފޯނު ބަލާލާފައި ކައުންޓަރު މައްޗަށް އެއްލާލައި ތަނެވެ.
އެއަށް ފަހު، ފުރަގަސްދީ، ހެދުމުގެ ތެރޭގައި އޮތް ވަޅިން ހަމަލާދެ އެވެ. ބިދޭސީ ސޭޓުގެ ވަޅި އެޅިފައިވަނީ ކަރުގެ އަރިމަތީގަ އެވެ.
ކަސްރަތު ކުރުމުގެ ކުރިން ކެއުން ގެންގުޅެންވީ ކިހިނެއް؟
ތަނެއް ކުރިއަރައި ދިއުމަށް އެންމެ މުހިންމީ އަމާޒެއް އޮތުން: ޣަނީ
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި