ޑެންގޫ ހުން ޖެހިގެން ހއ. ކެލާގެ ކުރީގެ ކުޑަކަތީބާއި ސުކޫލްގެ ކުރީގެ ހެޑްމާސްޓަރު މިއަދު ނިޔާވެއްޖެ އެވެ.
ދެ ބޭފުޅުން ވެސް ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ދެ ބޭފުޅުންނަކީ ވެސް އެއް އާއިލާއެއްގެ ދެބޭފުޅުންނެވެ.
އެގޮތުން މިއަދު ފަތިހު ނިޔާވީ ކެލާގެ ކުރީގެ ކުޑަކަތީބު 69 އަހަރުގެ އިބްރާހީމް އަފީފެވެ. އަދި އޭގެފަހުން ހެނދުނު ނިޔާވީ ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި އަހުމަދު ފައިސަލް، 58، އެވެ. ކެލާގެ ކުރީގެ ކުޑަ ކަތީބު އަފީފް އަކީ ފައިސަލްގެ ޅިޔަނެވެ.
ދެ ބޭފުޅުންނަކީ ވެސް ކެލާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅުންނެވެ.
މީގެ އިތުރުން ކެލާއިން އިއްޔެ އިރުއޮއްސުނު ވަގުތު ވަނީ މީހަކު ކުއްލި ގޮތަކަށް ނިޔާވެފަ އެވެ. އޭނާ ހަވީރު ފެނުނީ މަރުވެގެން މަގު މައްޗަށް ވެއްޓިފައި އޮއްވަ އެވެ.
ކުށުގެ ވެރިން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން: ސީޕީ
ފަލަސްތީނާއި ސީރިޔާގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން މަނާ
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
