ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ދިވެހި ޑޮކްޓަރަކު މިއަދު ނިޔާވެއްޖެ އެވެ.
ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރު، ގދ. ގައްދޫއަށް ނިސްބަތްވެވަޑައިގަންނަވާ އާމިނަތު ފަޒްނާ މިއަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 47 އަހަރެވެ. ފަޒުނާގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
ޑރ. ފަޒްނާ މަތީ ތައުލީމު ހާސިލު ކުރެއްވީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިޔާ އަދި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ. ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ދާއިރާއިން އެމެރިކާގައި ތިން އަހަރު ދުވަހު ކިޔަވައިވިދާޅުވުމަށްފަހު، ރާއްޖެ ވަޑައިގެން އައިޖީއެމްއެޗްގައި ހިދުމަތް ކުރައްވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.
ޑިވެލޮޕްމަންޓް ޕީޑިއެޓްރީޝަނުންނަކީ އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުޑަކުދިން ޑަޔަގްނޯސް ކުރުމަށް ހާއްސަ ޑޮކްޓަރުންނެވެ. މިއީ ރާއްޖޭގައި ކުޑަކުދިންގެ ސިއްހީ ފަރުވާއަށް ވަރަށް ބޮޑަށް ބޭނުންތެރިވެފައިވާ މުހިންމު ދާއިރާއެކެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގެ އިތުރުން، ޑރ. ފަޒްނާ ވަނީ އަމިއްލަ އެކި ކްލިނިކްތަކުގައިވެސް ބަލިމީހުންނަށް ފަރުވާ ދެއްވާފަ އެވެ. އެގޮތުން ފަރުވާ ކްލިނިކް، ކުލުނު ކްލިނިކް އަދި ސްޕެކްޓްރަމް ޗިލްރެން ޑިވެލޮޕްމަންޓް ސެންޓަރުގައިވެސް އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ހާމަކޮށްފި
