1000 އަށްވުރެ ގިނަ އަހަރު ވެފައިވާ "އޭލިއަން"ތަކެއް ކަމަށް ބުނެވޭ މަހުލޫގުންގެ ކަށިތަކެއް މެކްސިކޯގައި ބޭއްވި ކޮންފަރެންސްއެއްގެ ތެރެއިން ދައްކާލައިފި އެވެ.
ވަކި ދެ ބިއްލޫރި ފޮށްޓެއްގެ ތެރޭގައި ބާއްވާފައި އޮތް އެ ދޭތީގެ ކޮންމެ އަތެއްގައި ތިން އިނގިލި ހުރި އިރު ދަތް ހުރި ކަމަށް ފެންނާކަށް ނެތެވެ.
ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގިނަ ބަޔަކު ހީކުރާ ގޮތާ ޚިލާފަށް ދުނިޔެއަށް އައި ޔޫއެފްއޯ ކްރޭޝް ސައިޓަކުން ފެނުނު އެއްޗެއްސެއް ނޫނެވެ.
މީގެ އަސްލު މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެ ދެ ކަށިގަނޑު ފެނިފައިވަނީ ޕެރޫގެ އަލްގޭ މައިން އަކުންނެވެ.
"މިއީ އޭލިއަނުން ކަމެއް ނުވަތަ ނޫން ކަމެއް ޔަގީންކޮށް ބުނާކަށް ނޭނގޭ. އެހެން ނަމަވެސް އެނގޭ ކަމަކީ މިއީ ކޮންމެވެސް އިރެއްގައި އިންސާނުންނާއެކު ދިރިއުޅުނު ބައެއްކަން" ސައިންސްވެރިއަކު ބުންޏެވެ.
މި މަޚަލޫގުންގެ އަސްލު ދެނެގަތުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.