ކުރީގެ ލަވަތައް މިހާރުގެ މިއުޒިކަށް ހަދައިގެން އަލުން "ރިކްރިއޭޓް" ކުރުމަކީ އޭނާ ތާއީދުކުރާ ކަމެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް ބުނެފި އެވެ.
ރީމިކްސިންގެ ޓްރެންޑާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝްރެޔާ ބުނީ ރީމިކްސިންގެ ސަބަބުން ކުރީގެ ލަވަތަކުގެ އަސްލު ގެއްލިގެންދާ ކަމަށާއި އަބަދު އެއް ލަވައެއް އަޑުއަހަން އާއްމުން ވެސް ފޫހިވާނެ ކަމަށެވެ.
އެގޮތުން އޭނާގެ އެއްވެސް ލަވައެއް އަލުން އުފައްދަން ބޭނުންނުވާ ކަމަށާއި އެ ލަވަތަކާ ވަރަށް ހާއްސަ ހަނދާންތަކެއް ގުޅިފައިވާ ކަމަށް ޝްރެޔާ ބުންޏެވެ.
މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ މިއުޒިކް ޑައިރެކްޓަރުންނަކީ ވެސް ވަރަށް ހުނަރުވެރި ބައެއް ކަމަށާއި އެ މީހުންގެ އަމިއްލަ މަސައްކަތްތައް ބަލަން މާ ބޭނުންވާ ކަމަށް ވެސް ޝްރެޔާ ބުނެފައިވެ އެވެ.
ޖުމްލަ 20 ބަހަކުން ލަވަ ކިޔާ ޝްރެޔާއަކީ ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި އަޑެކެވެ. އެގޮތުން އޭނާވަނީ ބޮލީވުޑްގެ ގިނަ ލީޑު އަންހެން ތަރިންގެ ލަވަތައް ކިޔައިދީފަ އެވެ.
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފި
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ