ރާއްޖެއިން ސްރީލަންކާއަށް ދިޔަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ އަދަ ދެރަނާ ނޫހުގައި ބުނެފައި ވަނީ އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވި 3،152 މީހުންގެ ތެރޭގައި ރާއްޖެއިން އަލަށް ދިޔަ ފަސް މީހަކު ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ ފަސް ދިވެހިން ކަމެއް އެ ނޫހުން ނުބުނެ އެވެ.

Adv by Dhiraagu
Dhiraagu
Adv by Dhiraagu
Dhiraagu

އެ ގައުމުގެ ގަވަމަންޓް އިންފޮމޭޝަން ޑިޕާޓްމަންޓާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ އަލަށް ޕޮޒިޓިވްވި 10 މީހުންގެ ތެރެއިން ފަސް މީހަކީ ރާއްޖެއިން ދިޔަ މީހުން ކަމަށެވެ.

ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 2،955 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި ނުވަ މީހަކު ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އެ ގައުމުން މިހާތަނަށް މަރުވެފައި ވަނީ 12 މީހުން ކަމަށް އަދަ ދެރަނާ ނޫހުން ބުނެފައިވެ އެވެ.

Sri Lanka has thus far witnessed 12 deaths due to the virus outbreak.