ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުންނަށް މިސަރުކާރުން ހިމާޔަތްފދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މީހުންގެ މައްސަލަތައް އޮއްބާލަން ސަރުކާރުން ފުލުހުންނަށާއި ޕީޖީއަށް ނުފޫޒު ފޯރުވާ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ މި ދައުރުގައި އެފަދަ މައްސަލަތައް އޮއްބާލަން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށެވެ.
މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ މައްސަލައަކީވެސް މިފަދަ އާންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އާރްޑީސީގެ މައްސަލަ ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވާއިރު އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
އަދި މިމައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ބަިއވެރިވާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފަ އެވެ. ނަމަވެސް އޭނާ އެކަން ދޮފު ކުރެ އެވެ.
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
ސިފައިންގެ ވަޒީފާއިން ވަކިވާން މަޖުބޫރު މާއްދާ އުވާލަނީ
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!