އިނގިރޭސިވިލާތުގައި ބޭއްވި ޗެރިޓީ ކްރިކެޓް މެޗެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ބައިވެރިވެ، ފަންސާސް ރަންސް ހަދައިފި އެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ "ގޯ ދާމިކް"އިން އިންތިޒާމު ކޮށްގެން "ލޫޓަން ޓައުން އެންޑް އިންޑިއަންސް ކްރިކެޓް ކްލަބް"ގައި ބޭއްވި މި މެޗުގައި ސައިފް ފެނިގެން ދިޔައީ ކްރިކެޓް ކުޅުންތެރިން ބޭނުންކުރާ ހުދު ކުލައިގެ ހެދުމުގަ އެވެ.
މި މެޗުގައި ސައިފްގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމަށްވާ އުސްމާން އަފްޒާލް އާއި މޮންޓީ ވެސް ބައިވެރިވި އެވެ. މީގެ އިތުރުން، ސައިފްގެ އަންހެނުން ކަރީނާ ކަޕޫރާއި، އޭނާގެ ދެ ފިރިހެން ކުދިން ކަމަށްވާ ތައިމޫރު އަދި ޖޭ ވެސް މި ހަރަކާތުގައި ބައިވެރިވި އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސައިފް ބުނީ، މިއީ އަވީގެ ތެރޭގައި ބަފައިންނާއި ދަރިން އެކުގައި ކްރިކެޓް ކުޅެލަން ލިބުނު ވަރަށް ރީތި، އުފާވެރި ދުވަހެއް ކަމަށެވެ.
އެއާއެކު މިއީ އޭނާގެ ދަރިން އިނގިރޭސިވިލާތުގެ ސަގާފީ ދަނޑެއްގައި ކްރިކެޓް ކުޅެން ދަސްކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
"ދުނިޔޭގައި ހުރިހާ އެއްޗެއް ލިބިފައި ތިބި މީހުންނާއި، އެއްވެސް އެއްޗެއް ނެތް ނިކަމެތިން އެބައުޅޭ. އެހެންވީމާ އަޅުގަނޑުމެން އެންމެންވެސް އޯގާތެރިކަމާއި، ސަދަގާތް ކުރުމާއި، ހަމްދަރުދީ އިތުރު ކުރަން އެބަޖެހޭ،" މިފަދަ ހަރަކާތްތަކުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަ ކަދައްކަމުން ސައިފް ބުންޏެވެ.
ޖަމްއިއްޔާގެ ބާނީ ހަނޫމާން ދާސް ބުނި ގޮތުގައި، ސައިފްގެ ބައްޕަ (މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ހާން ޕަޓައުޑީ) ވެސް ކުރީގެ ދުވަސްވަރު އެ ދަނޑުގައި ކުޅެފައިވުން އެކަށީގެންވެ އެވެ. އަދި ސައިފް މި މެޗުގައި 50 ރަންސް ހެދުމަކީ ވަރަށް މޮޅު ކުޅުމެއް ކަމަށް ބުނެ އޭނާ ތައުރީފުކުރި އެވެ.
މި މެޗުން ލިބުނު ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ތައުލީމަށާއި، ފަގީރުކަން ނައްތާލުމަށާއި، ބަނޑުހައިހޫނުކަމާ ދެކޮޅަށް "ގޯ ދާމިކް" އިން ހިންގާ އިންސާނީ އެހީގެ އެކި މަޝްރޫއު ތަކަށެވެ.
3 މަހުން 20 ކިލޯ ލުއި ކޮށްލަން ބޭނުންތަ؟
ބްރެޑްއާއި އިނެސްގެ ގުޅުން ރަސްމީކޮށް އިއުލާން ކޮށްފި