ރައީސް ނަޝީދު އިތުރަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިފި ނަމަ މިދައުލަތަށާ ގައުމަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާލުވެއްޖެ އެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އިތުރަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިފި ނަމަ މިދައުލަތަށާއި މިގައުމަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގަން ޖެހޭނީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކަމަށާ މިއީ ސިޔާސީ ގޮތުން ކޮމްޕްރޮމައިޒް ކުރަންޖެހޭ ތަނެއް ނޫން ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންވައިގެން ވަކި ފަރަތަކަށް ޖެހިގެން ނުވާނެ ކަމަށާ ވަކި މީހެއް ބޭނުންވެގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެން ނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަޅުގަނޑު ދަރިފުޅު ސުކޫލަށް ނުދާން ފެށީމާ މެޓައެއް ދީފަ ފޮނުވިދާނެ. އެކަމަކު މިދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔުާސަތު ބަލަހައްޓަވަން އަޅުގަނޑުމެން ހަވާލުކޮށްފައި ހުންނެވި ބޭފުޅެއްގެ ވާހަކަ. ތިމަންނަ މައްސަލަ ނެގީމައޭ ކުރިއަށްދާނީ މިދެން ސަމާސައަކަށް ވުރެ ސެންސް މޭކް ނުކުރާ ވާހަކަ. ރައީސް ނަޝީދު މަޖިލީހުގައި އިންވައިގެން ދައުލަތަށާ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީން ރައްޔިތުން ބާރުވެރިކުރުވާ އެއް މުއައްސަސާ ކަމަށާ އެމުއައްސަސާގެ އިމްތިއާޒްތަކަށް ރައީސް ނަޝީދު އަރައިގެންފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހަކީ ވަކި މީހަކު ބޭނުންވާ ވަކި ގޮތެއް ހަދައިދީގެން ހިންގަންޖެހޭ ތަނެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އެހެން މަޖިލީހުގެ ރައީސްގެ މަގާމުގަ ހުންނަވަންޏާ އެއްވެސް ވަކިފަރާތަކަށް ނުޖެހި އެތަނުގައި ހުންނެވީ ކޮއްކޮ އެއްތޯ ބޭބެ އެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ.
"އަމިއްލަ ޒާތީ މައްސަލައެއް އޮތުން އެދެން ވަރަށް ދެރަކަމެއް އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް ވިސްނަން ޖެހޭ ކަމެއް. އެއީ އެއްގެއަކުން އެހާ ގާތްކޮށް، އެހާ ޕާސަނަލް ގުޅުމެއް އޮންނަ މީހަކު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ގޮތުގައި ހުރުން އެފަދަ ކަންކަން ކުރިއަށް އޮތްތަނުގަ ވިސްނާނަލް ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
މިހަފްތާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މިއަދުގެ ޖަލްސާވެސް ނުބާއްވަ އެވެ.
މިދިޔަ ހަފްތާ މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރަގެ މެމްބަރި ހަސަން އަފީފް އެވެ. އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.
ބަލަ ބޭލޭގޮތަކަށް ބާލަބަލަ މިވަރުމަމުސީތެއް ނުޖެހޭނެ:
ޤައުމަކީ އަސްލަމުކަން ޚުދު އަސްލަމަށް ހީކުރެވޭ ކަމަށް އަސްލަމުގެ މިވާހަކަ އިން އެބަ ދޭހަވޭ.......... ސަބަބަކީ މީގެ ކުރީގައި އަސްލަމު ބޭނުން ގޮތަށް މަޖިލީސް ހިންގި އިރު އަސްލަމަށް އޯކޭ....... ތަންފުކެއް ބޮޑުވަރު ދޯ.