މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9:16 ހާއިރު ހިނގި މި ނުރައްކާތެރި ހާދިސާގައި، "ލީޖަން 1" ލޯންޗުގައި ތިބި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފަ އެވެ. އެކްސިޑެންޓް ހިނގި ވަގުތު ލޯންޗު ވަނީ ވަގުތުން އިއްޒުއްދީން ފާލަމަށް ކައިރިކޮށްފަ އެވެ. ނަމަވެސް، ލޯންޗުގައި ޖެހުނު އަނެއް އުޅަނދު ވަނީ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފަ އެވެ.
ފުލުހުން މިހާރު ގެންދަނީ އެ އުޅަނދު ދެނެގަތުމަށްޓަކައި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން، މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ދިރާގު "ވިން 2 ސްޕީޑްބޯޓްސް"ގެ ފަހު ނަސީބުވެރިޔާ ހޮވައިފި
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ޖޭމްސް ޓޭލާ ނުފެނުނީ ކީއްވެ؟
ވިއްސާރަ މޫސުމުގައި ނޭވާ ހިއްލުން އިތުރަށް ގޯސްވަނީ ކީއްވެ؟