މާލެ އަތޮޅު ރިސޯޓެއްގެ ޕޫލަށް އެރިއުޅުނު އަށް އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާލެ އަތޮޅުގެ ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރިއުޅުނު ކުޑަކުއްޖަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އަށް އަހަރުގެ ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާލޭ އަތޮޅުގައި ހިންގާ ކޮކޯ ބޮޑު ހިތި ރިސޯޓުގެ އިންޑޯ ޕޫލަކުންނެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މެޓް ގާލާއިން ޕްރިޔަންކާ ނުފެންނާނެ ސަބަބު!
ގާނޫނާ ހިލާފުވާ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައިފި
ގޭމް ކުޅުންތެރިންނަށް ހާއްސާ ގޭމްއޮން އެޑްއޮންތަކެއް