މާލޭ ގެއެއްގެ ތެރޭ ރަހީނުކޮށްފައި ތިބި ތިން ދިވެހީން ފުލުހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ތެރެއިން 3 ދިވެހިން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އެމީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފަ އެވެ. އެމީހުންނަށް މިހާރު އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުން އިނާޒު އިސްތިއުފާދެއްވައިފި
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި
