ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން ހުއްދަ ކޮށްފި އެވެ.
ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން ހުއްދަކޮށްފައިމި ވަނީ މަސްވެރިކަމުގެ އާއްމު ގަވައިދަށް ގެނައި އިސްލާހުގައެވެ. މަސްވެރިކަމުގެ އާންމު ގަވައިދަށް ގެނައި އިސްލާހުތައް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
އެ ގަވައިދު ބުނަނީ ގަައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓާއެކު ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތް ހިންގޭނެ ކަމަށެވެ.
މިގޮތަށް ވައިފުޅި އަޅައިގެން ފުއިފިލަނޑާ ނެގުން ހުއްދަކުރީ އެދާއިރާގެ މަސްވެރިންެގ އެދުމުގެ މަތިން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހުއިފިލަނޑާ ނަގައި ހިއްކައިގެން އެކްސްޕޯޓް ކުރުމަކީ ރާއްޖޭގައި ކޮށްއުޅޭ ކަމެކެވެ. މިގަވާއިދުގެ ދަށުން މިމަސައްކަތްކުރުމަށް އިތުރަށް ފުރުސަތުތައް ފަހިވެގެން ދާނެ އެވެ. އަދި މިހާރު ރައްކާތެރިގޮތުގައި މިކަންކުރެވިގެންދާނެ އެވެ.
ހުއިފިލަނޑާ ނެގުމަށް ނުވަތަ ބަޓަށް ފީނައިގެން ރާއްޖޭގައި ހިތާމަވެރި ހަދިސާތައް ހިނގަަފައި އެބަހުއްޓެވެ. މީހުންގެ ފުރާނައަށް ނުރައްކާވަފަދަ ކަންކަމާއި، ހަށިގަނޑުން ބައެއް ވާ ވުން ފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. މިގޮތަށް މެދުވެރި ވަނީ ފީނުމުގެ ގަވާއިދުގެ ތެރެއިން އެކަން ނުކުރާތީ އެވެ.
ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން މިއަދު ހުއްދަ ކޮށްފައި ވީނަމަވެސް 70 އަހަރުތަކުން ފެށީގެން ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން ވަނީ ގާނޫނުން މަނާ ކޮށްފަ އެވެ. ގާނޫނުގައި މަނާ ކޮށްފައިވީ ނަމަވެސް މީހުން އެކަންކުރަމުން ގެންދެ އެވެ.