އެމްޑީޕީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ހަދާ ދަ ޑިމޮރޭޓްސް ޕާޓީ ވެގެންދާނީ ވައްކަމާއި ކޮރަޕްޝަނާ ދުރު ޑިމޮކްރަޓިކް ޕާޓީއަކަށް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ފިކުރެއްގެ ދިރުމުން ހަދާ ދަ ޑިމޮކްރޭޓްސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީ ވެގެން ދާނީ ވައްކަމާއި ކޮރަޕްޝަނާ ދުރު ޕާޓީއަކަށް ކަމަށެވެ. އަދި، އަބަދުވެސް މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ގޮތަށް ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީ މެންބަރުން ދަ ޑިމޮކްރެޓްސް އާ ގުޅޭނެ ކަމަށެވެ. އަދި ބައެއް މަޖިލިސް މެންބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ދާޅުވި އެވެ.

ހަސަން ވިދާޅުވީ އާ ޕާޓީއެއް އުފައްދަވަނީ ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތީން ކަމަށް ވިޔަސް އެމަނިކުފާނު އަދިވެސް އެމްޑީޕީގައި ހުންނެވީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ހަސަން ވިދާޅުވީ ރައީސް ނަޝީދު ދަ ޑިމޮކްރޭޓްސް އާއި ގުޅިވަޑައިގަންނަވާނެ ދުވަހެއް އެނގޭނީ އެމަނިކުފާނަށް ކަމަށެވެ. އަދި އެމަނިކުފާނު ހުރިހާ ކަމެއް ވެސް ކުރައްވާނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ހަސަން ވިދާޅުވި އެވެ.

ފިކުރެއްގެ ދިރުމުން ހަދާ ޑިމޮކްރޭޓްސް ޕާޓީ އުފެއްދުމަށް މިއަދު ވަނީ އިލެކްޝަނަށް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

އެ ޕާޓީ އުފައްދަން އީސީއަށް ވަޑައިގަތް ގިނަ މެމްބަރުން ތިއްބެވީ މަޑު ނޫކުލައިގެ ޓައީ އަޅުއްވައިގެންނެވެ. އެހެންކަމުން ބެލެވެނީ އެއީ އެ ޕާޓީގެ ކުލަ ކަމަށެވެ.