ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 17،34 ސާމްޕަލުން އިތުރު 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މީގެތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި 24 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ޕޮޒިޓިވްވި މީހަކާއި ލިވަބޯޑަކުން ޕޮޒިޓިވްވި މީހަކާއި އަތޮޅު ތެރޭގެ ރަށަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި ހަ މީހެކެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 13،867 އަށް އަރައިފަ އެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،191 އަށް އަރައިފަ އެވެ.
މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 613 އެވެ. އޭގެ ތެރެއިން 31 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް 48 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

އަލިފާނާ ގުޅިގެން އިންތިހާބަށް ބުރުލެއް ނާރާނެ: އީސީ
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް
