ނިވާކަން ކުޑަ ހެދުން ލައި އާއްމުންގެ ޖަޒުބާތުތަކަށް އަނިޔާ ކުރެވުނީތީ އިންޑިއާގެ ފިލްމީ ތަރި އުރްފީ ޖާވިދު އާއްމުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.
ޓްވިޓާ މެދުވެރިކޮށް ފޮނުވި މެސެޖެއްގައި އުރްފީ ވަނީ އޭނާ ހެދުން އަޅާ ގޮތުން މީހުންގެ ޖަޒުބާތުތަކާ ކުޅެވުނީތީ ދެރަވާ ކަމަށް ބުނެފަ އެވެ.
އަދި ހަމައެއާއެކު މީގެ ފަހުން އޭނާ ބަަދަލުވާނެ ކަމަށާއި ދެން ފެންނާނީީ ބަދަލުވެފައިވާ ހެދުންތަކާއެކު ކަމަށްވެސް ޓްވީޓްގައި އުރްފީ ބުނެފައިވެ އެވެ.
އުރްފީ މިހެން ބުނެފައިވަނީ މިފަހުން އޭނާ ނިވައިކަން ކުޑަ ހެދުންތަކެއްގައި އާއްމުންގެ ތެރެއަށް ނުކުމެ އުޅުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އުރްފީގެ މި ޓްވީޓާއެކު ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ އެއީ އޭޕްރީލް ފޫލް ޖޯކެއް ކަމަށް ބުނެ އޭނާއަށް އިތުރު ފާޑުކިޔުންތައް ކިޔަމުންނެވެ.
އުރްފީއަކީ އިންޑިއާގެ ފިލްމީ ދާއިރާގެ މައްސަލަ ބޮޑު "ކޮންޓްރޮވާޝަލް" ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ