ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް އަނެއްކާވެސް އިތުރު މަރުގެ އިންޒާރުތަކެއް މިވަނީ ލިބފަ އެވެ.
މި އިންޒާރުތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު މިކަހަލަ އިންޒާރުތަކަށް ބިރުން ސަލްމާން ފަސް ނުޖެހޭނެ ކަމަށް އޭނާއާ ގާތް މީހުން ދަނީ ބުނަމުންނެވެ.
މުމްބާއީގެ ގޭންގް ލީޑަރެއް ކަމަށްވާ ލޮރެންސް ބިޝްނޯއީގެ ފަރާތުން ސަލްމާންއަށް މިދިޔަ ހޮނިހިރު ދުވަހު ލިބުނު އިންޒާރުގައި ފުރުސަތެއް ލިބުނުހާ އަވަހަަކަށް ސަލްމާން މަރާލާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެހެން ނަމަވެސް މިފަދަ އިންޒާރުތަކުން ސަލްމާންގެ ރޫހަށް ބަދަލެއް ނާންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ޖޯޝަކާއެކު މަސައްކަތް ކުރާނެ ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.
ލޮރެންސްގެ ފަރާތުން ސަލްމާންއަށް އިންޒާރު ލިބިފައި މިވަނީ މިފަހުން އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއައްގައި އޭނާގެ ދިރިއުޅުމުގެ ހަމައެކަނި އަމާޒަކީ ސަލްމާން މަރާލުން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ސަލްމާންގެ އޮފީހަށް ލިބުނު މި އިންޒާރުތަކާއެކު އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާއިލާއާއި ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި މައްސަލައިގައ ލޮރެންސްގެ މައްޗަށް ފުލުސް ރިޕޯޓެއް ހުށައަޅާފައިވާއިރު މައްސަލައިގެ ތަހުގީގު ފެށިފައވާ ކަމަށް ފުލުހުން ބުނެ އެވެ.