މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހުޅުވައިދެއްވައިފި އެވެ.
މިއީ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން މިއަދު ހުޅުވި އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެކެވެ.
ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއާ ސެންޓަރުގައި މިހާރު ވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، މި ތަނަކީ 30 އާއި 40 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް ތިބެވޭ ގޮތަށް ހަދާފައިވާ ސެންޓަރެކެވެ.
މިތަނުގެ ހިދުމަތް އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާއިރު މިތަން ހުޅުވިފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
