ބޮލީވުޑުން އެންމެ ފަހުން ނެރުނު ފިލްމު "ސެލްފީ" އަކީ ނާކާމިޔާ، "ފްލޮޕް" ފިލްމެއް ކަމަށް މަޝްހޫރު ފިލްމީތަރި ކަންގަނާ ރަނާއުތު ބުނެފި އެވެ.
ފިލްމު ސެލްފީއަކީ ރާޖް މެހެތާގެ ޑައިރެކްޝަނުން މިމަހުގެ 24 ވަނަ ދުވަހު ރިލީޒްކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްކުގެ ކޯ ޕްރޮޑިއުސަރަކީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ.
މި ފިލްމު ނެރުނު ނަމަވެސް ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުމުން ކަންގަނާ ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.
އޭނާ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ކަރަން ޖޯހަރުގެ މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު މަދުވެގެން 10 ކްރޯރު ރުޕީސް (6.5 މިލިއަން ޑޮލަރު) ވެސް ހަމަނުވާ ކަމަށް ބުނެ މަލާމާތްކޮށްފައިވެ އެވެ.
އޭގެ އިތުރުން މި ފިލްމަކީ ވެސް ކަންގަނާގެ "ދަކާޑް" ފަދަ ފިލްމެއް ކަމަށް ބުނެ ނޫސްތަކުގައި އާންމުވުމުން ކަންގަނާ ވަނީ އެ ކަމަށް ވެސް ރައްދުދީ ފާޑުކިޔާފަ އެވެ. ފިލްމު ފްލޮޕްވުމަކީ އޭނާގެ ކުށެއްތޯ އާއި ފިލްމާ ގުޅިގެން ކަންގަނާގެ ފޮޓޯތައް ދަކާޑްގެ ޕޯސްޓަރުތަކާއެކު ޖަހާފައި ވަނީ ކީއްވެތޯ ކަންގަނާ ސުވާލުކޮށްފައިވެ އެވެ.
ސެލްފީ ރިލީޒްކޮށްފައިވާއިރު، މި ފިލްމުގައި ލީޑް ރޯލުން، ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ދެ ފަންނާނުން ކަމަށްވާ އަކްޝޭ ކުމާރު އާއި އިމްރާން ހާޝްމީ ފެނިގެންދެ އެވެ. މި ފިލްމަކީ 80 ކްރޯރު ރުޕީސް (52 މިލިއަން ޑޮލަރު) ގެ ފިލްމެކެވެ.
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
