ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހަދާފައިވާ ސަރަހައްދު މަރާމާތުކުރާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މި މަސައްކަތަށް ބަޔަކު ހޯދަނީ، މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ހެދި އެ މަގުގައި އަޅާފައިވާ ތާރުގަނޑު ހަލާކުވެފައިވާތީ އެވެ.
އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
މި މަސައްކަތަށް ރާއްޖެއާ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް އެ ކައުންސިލުން ފުރުސަތު ހުޅުވާލާފައިވެ އެވެ.
އެ ކައުންސިލުން އިތުރަށް ބުނިގޮތުގައި ކައުންސިލްގެ ޓެކްނިކަލް ޓީމުން ވަނީ ބޮޑުތަކުރުފާނު މަގުގެ ސާވޭއެއް ހަދާފަ އެވެ. އަދި އެ މައުލޫމާތުތައް މަސައްކަތާ ހަވާލުވާ ފަރާތަކާ ހިއްސާކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި މަސަައްކަތާ ގުޅޭ މައުލޫމާތުތައް ސާފުކުރުމާއި އަގު ހުށަހެޅުމުގެ ކަންކަން މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނުގައި ކުރިއަށްދާނެކަަމަށް އެ ކައުންސިލުން ބުނެ އެވެ.

ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
ރޯދަ މަސް ތުރުކީގައި: މުޅިން ތަފާތު އިހުސާސެއް!
ސައުދީއަށް ހަނދު ނުފެނުނު
