އެމްޑީޕީއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ނިންމުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއޭރުން މެއި 2، 2024 ގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފަ އެވެ.
އެ ޕާޓީން ބުނީ މިމަގު ޗާޓުގެ މައްސަކަތް ނިންމުމަށް ޗެއާޕާސަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ މިކޮމިޓީގެ މެންބަރުންނަކީ:
1. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (މުގައްރިރު) - މއ. ބޯގަންވިލާ / މާލެ
2. ކުރީގެ ޗެއާޕާސަން މާރިޔާ އަޙްމަދު ދީދީ - ގ. އޮއިނާށި / މާލެ
3. މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހްމީ - މ. އަފްޒާ / މާލެ
4. ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް - ކައުސަރު / ސ. ހިތަދޫ
5. އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް އަހްމަދު - ނިއުލައިޓް / ލ. ކަލައިދޫ
6. އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު - މ. ބަނަފްސާވިލާ / މާލެ
7. އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން - މ. ޖަވާހިރުވާދީ / މާލެ
8. ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ
9. ގާނޫނީ ވަކީލު މަހްފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި
10. ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުލްލަޠީފް - މިޒާޖް / ހދ. ކުޅުދުއްފުށި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތީ ބޮޑު ބަދަލުގެ ނަމުގައި ރާއްޖެއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު އެވެ.
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
ބޮލުގައި ބަޑި ޖައްސައި ފުރޮޅާލި ވެރިކަމުގެ ބާރު
ދިލްޖީތުގެ "ސަތުލުޖް"ގެ މައްސަލަ ގޯސްވެ "ބޭން" ކޮށްފި
