އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ޕްރައިމަރީ އާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ސިވިލް ކޯޓުން ބަލައިގަނެފައިވަނީ އަލީ އަމްޖަދު ކިިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ. މިކަން ހާމަވެފައިވަނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރައްވާފައިވާ ޓުވީޓަކުންނެވެ.
މި މައްސަލާގައި ސިވިލް ކޯޓުގައި އަލީ އަމްޖަދު ތަމްސީލުކުރަނީ ދަ ލިޓިޖަންޓްސް އެލްއެލްޕީިންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހަޅާފައިވަނީ އެ އިންތިހާބު ބާއްވާފައިވަނީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެ އެވެ. އެގޮތުން ސިވިލް ކޯޓަށް ހުށައަޅާފަިއވާ އެ މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށްވާއިރު، ގައުމީ މަޖިލީހުން ނިންމައިގެން 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ.
އިންތިހާބު ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.
ޕްރައިމަރީގައި ރައީސް ސޯލިހަށް ޕްރައިމަރީގައި ވޯޓުލީ މެންބަރުންގެ 61 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ވަނީ ހަވާލުކޮށްފަ އެވެ.
މަ ލިސްޓުން ވަކިކުރީ މަށައް އެމްގުމަކާއި ނުލައި މަގޭ ވޯޓް މަށަށް އެޅެންޖެހޭނެ