މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައެއްގެ ތުހުމަތުގައި ދިވެހި އަންހެން ޕައިލެޓެއް ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދަށް ލުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ރަސްމީކޮށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ އަކީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ހައްޔަރު ކުރި އިރު، ދިރިއުޅޭ ކޮޓަރިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މަސްތުވާތަކެއްޗާއެކު ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ބިދޭސީއަކު ވެސް މިދިޔަ ހަފުތާގައި ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބްލެޓު ފެނިފައިވެ އެވެ.
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
